ތުރުކީވިލާތުގެ ދެކުނުގެ ރަށެއްކަމަށްވާ ޣާޒީ އަންތާބުގައި ދިރިއުޅޭ ސޫރިޔާގެ ރެފިއުޖީންގެ ދަރިންނަށް ތައުލީމް ދިނުމަށްޓަކައި ޔުނިސެފުން ތައުލީމީ މަރުކަޒެއް ހުޅުވައިފިއެވެ. ޔުނިސެފްގެ އެހީގައި ބިނާކުރި މި ތައުލީމީ މަރުކަޒު އިފްތިތާޙް ކޮށްދެއްވީ ޖަރުމަނުވިލާތުގެ ޗާންސެލަރ އެންގެލާ މާކެލް އާއި ވިލާތުގެ އިއްތިޙާދުގެ ރައީސް ޑޮނަލްޑް ޓަސްކް އާއި ތުރުކީވިލާތުގެ ބޮޑުވަޒީރު އަހްމަދު ދަވުތުލޫއެވެ.
މި ތިންބޭފުޅުން ހޮނިހިރުދުވަހު ވަނީ ޣާޒީ އަންތާބުގެނާޒިޕް ސަރަހައްދުގައި ހުންނަ ސޫރިޔާގެ ރެފިއުޖީންގެ ކޭމްޕަށް ޒިޔާރަތް ކުރައްވައި ރެފިއުޖީންގެ ހާލަތު ބައްލަވާލެއްވުމަށްފަހު މި ތައުލީމީ މަރުކަޒު އިފްތިތާހްކޮށްދެއްވާފައެވެ.
ޖަރުމަނުވިލާތުގެ ޗާންސެލަރ އެންގެލާ މާކެލް އާއި ވިލާތުގެއިއްތިޙާދުގެ ރައީސް ޑޮނަލްޑް ޓަސްކް ތުރުކީވިލާތަށް ވަޑައިގެން އެގައުމުގައިވާ ސޫރިޔާގެ އެންމެ ބޮޑު ރެފިއުޖީންގެ މަރުކަޒަށް ޒިޔާރަތް ކުރެއްވީ ސޫރިޔާގެ ރެފިއުޖީންނަށް ވަގުތީ ހިޔާވަހިކަން ދިނުމުގައި ތުރުކީވިލާތުން އަދާކުރާ ދައުރަށް ހިތްވަރު ދެއްވުމުގެ ގޮތުންކަމަށް ޚަބަރުލިބެއެވެ.