މާލެއާއި ވިލިމާލޭގެ މަގުތައް ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ނިންމާފައިވާ މަޝްރުޢުގެ ދިރާސާގެ މަސައްކަތް، ޗައިނާގެ ޓެކްނިކަލް ޓީމުން ނިންމާލައިފިއެވެ. މި ޕްރޮޖެކްޓް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނި ޗައިނާ ސަރުކާރުގެ ހިލޭ އެހީގެދަށުންނެވެ.
މާލެއާއި ވިލިމާލޭގެ މަގުތައް ތަރައްޤީކުރުމަށް ދިވެހި ސައުކާރާއި ޗައިނާ ސަރުކާރާ ދެމެދު ލެޓަރ އޮފް އެކްސްޗޭންޖްގައި ސޮއިކޮށްފައިވަނީ މިއަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހުއެވެ. މި އެބަސްވުމަކީ މަޝްރޫޢުގެ ޑިޒައިނާ ޕްލޭނިންއަށް ބޭނުންވާ ފީސިބިލިޓީ ސްޓަޑީތައް ހެދުމަށް ޤާއިމުކުރި އެއްބަސްވުމެކެވެ.
މި އެއްބަސްވުމުގެ ދަށުން މާލެއާއި ވިލިމާލެގެ މަގުތައް ތަރައްޤީކުރުމަށް ބޭނުންވާ ދިރާސާގެ މަސައްކަތްތައް ފަށާފައިވަނީ ނޮވެމްބަރު 4 ވަނަ ދުވަހުއެވެ. ޗައިނާގެ ތަޖުރިބާކާރުންގެ ޓީމަކުން ކުރިއަށްގެންދިޔަ މި ޓެކްނިކަލް ދިރާސާއަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތްތައް މިހާރު މިވަނީ މުޅިން ނިމިފައެވެ.
In line with the key pledge made by H.E. President Dr. Mohamed Muizzu to reconstruct the roads of Malé City and Villimalé, the implementation of this project has begun.
— Ministry of Construction and Infrastructure (@MoCImv) November 21, 2024
Following a series of meetings with key stakeholders, the Expert Team appointed by the Government of China… pic.twitter.com/zfQQSErNEb
އިމާރާތްކުރުމާއި ބިނާރާ ބެވޭ ވުޒާރާއިން ވިދާޅުވީ، ދިރާސާގެ މަސައްކަތަކުގެ ތެރެއިން ސައިޓްތައް ދިރާސާކުރުމުގެ މަސައްކަތުގެ އިތުރުން، ކަމާ ގުޅުންހުރި ވުޒާރާތަކާއި އަދި މާލޭގައި ޔުޓިލިޓީ ޚިދުމަތްތައް ދޭ ކުންފުނިތަކާއި މުވާސަލާތީ ޚިދުމަތްދޭ ކުންފުނިތަކާ އެ ޓީމުން ބައްދަލުކޮށްފައިވާކަމަށެވެ.
މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރޭގައި ހިމަނައިގެން، މާލޭގެ ފެނާ ނަރުދަމާގެ ވިއުގަ ޒަމާނީ ވިއުގައަކަށް ބަދަލުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.
މި ސަރވޭގެ މަސައްކަތަށްފަހު ދެން ކުރިއަށްދާނީ ޕްރޮޖެކްޓް ޑިޒައިން ކުރުމުގެ މަސައްކަތެވެ. މި މަޝްރޫޢުގެ ދަށުން ތާރު އަޅައިގެން މަގުތައް ތަރައްޤީކުރާނީ އެންމެ ޒަމާނީ ފެންވަރަށް، ޒަމާނީ ޑިޒައިންތަކާއެކުއެވެ.
މި މަޝްރޫޢު ކުރިއަށްގެންދިއުމަށް ފުރަތަމަ ނިންމީ ސަރުކާރުގެ ޚަރަދުގައެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރު ޖެނުއަރީގައި ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ރާއްޖެއަށް އެ ޤައުމުން ދޭ ހިލޭ އެހީގެ ތެރޭގައި މި މަޝްރޫޢުގެ މަސައްކަތް ހިމެނުއްވުމަށް ޗައިނާ ސަރުކާރުން ނިންމެވިއެވެ.
މަޝްރޫޢު ޕްލޭންކުރުމާއި ކޮންޓްރެކްތަރަކު ހޮވުމުގެ މަސައްކަތްވެސް ކުރިއަށްގެންދާނީ ޗައިނާ ސަރުކާރުގެ ފަރާތުންނެވެ. މި މަޝްރޫޢު މުޅިން ނިންމުމަށް 3-4 އަހަރު ހޭދަވާނެކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު މީގެކުރިން ވިދާޅުވެފައިވެއެވެ.