ވެކްސިންގެ ޤައުމީ ޝެޑިއުލްގައި އިތުރު ދެ ވެކްސިނެއް ހިމަނައިފިއެވެ.
ވެކްސިންގެ ޤައުމީ ޝެޑިއުލްގައި ހިމާނާފައިވަނީ، "ނިއުމަ ކޯކަލް" އަދި "ރޯޓާ ވައިރަސް" ވެކްސިނެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވެކްސިން ޕްރޮގްރާމްގެ ޑިރެކްޓަރ ނާޝިޔާ އަބްދުލް ޣަފޫރު ވިދާޅުވީ، މިއަދުން ފެށިގެން އެ ދެ ވެކްސިން ޤައުމީ ވެކްސިން ޝެޑިއުލްގައި ހިމަނައިގެން ދޭން ފަށާނެ ކަމަށެވެ. މި ދެ ވެކްސިނަކީ، ކުރިން އަމިއްލަ ގޮތުން ބޭނުންވާ މީހުންނަށް ގަނެގެން ދޭ ވެކްސިންތަކެއް ކަމަށާއި، ނަމަވެސް ޤައުމީ ޝެޑިއުލްގެ ތެރޭގައި ހިމެނުމުން އެހެން ވެކްސިންތަކެކޭ އެއްގޮތަށް ދެމުން ގެންދާނެ ކަމަށެވެ. އަދި އެއްވެސް އަގަކާ ނުލާ ވެކްސިން ސެންޓަރުތަކުން މިވެކްސިން ލިބެން ހުންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ނިއުމޯ ކޮކަލްއަކީ، ނިއުމޯނިޔާ އަދި މެނިންޖައިޓިސް އިން ރައްކާތެރި ވުމަށް ޖަހާ ވެކްސިނެކެވެ. އަދި ރޮޓާ ވައިރަސްއަކީ، ބޭރަށް ހިންގުމާއި ގިނައިން ހޮނޑުލުން ފަދަ ކަންކަމުން ދުރުކޮށްދިނުމަށް ދޭ ވެކްސިނެކެވެ. މި ވެކްސިންތައް ދޭނީ، އުމުރުން 2 މަހާއި، 4 މަސް އަދި 6 މަހުގެ ކުދިންނަށެވެ.
ނިއުމޯ ކޮކަލް އަދި ރޮޓާ ވައިރަސްއަކީ، މީގެ ކުރިން އޮޕްޝަނަލް ދެ ވެކްސިނެވެ. ނަމަވެސް، ޤައުމީ ޝެޑިއުލްގައި ހިމެނުމުން މި ވެކްސިންތައް އާސަންދައިން ކަވަރ ކުރާނެއެވެ. މަޖުބޫރު ވެކްސިންތަކުގެ ތެރޭގައި މީގެ ކުރިން ދެނީ، އެމްއެމްއާރު، ޕޯލިއޯ، ހެޕަޓައިޓިސް، ޓެޓްނަސް ފަދަ ވެކްސިންތަކެވެ.