އިންޑިއާގެ ކެރަލާ ސްޓޭޓްގެ ކޯޗީގައި ޤަވާއިދާ ޚިލާފަށް އަޅާފައި ހުރި ދެ އިމާރާތެއް އެ ޤައުމުގެ ސަރުކާރުން ތަޅާލައިފިއެވެ.
200 އާއިލާއަށް ބޯހިޔާވަހިކަން ފޯރުކޮށްދޭ މި އިމާރާތްތައް ސަރުކާރުގެ އޮފިޝަލުން ތަޅާލާފައިވަނީ އެކަމަށް ޚާއްސަކޮށްގެން ކުރި މަސައްކަތެއްގައި ކުރިއާލާ ތައްޔާރުވެގެންނެވެ. މިގޮތުން އިންޑިއާގެ އޮފިޝަލުން ވަނީ ވައްޓާލި އިމާރާތްތަކުގެ ބައިތައް އެ ސަރަޙައްދުގެ އެހެން ހިސާބުތަކަށް ނުދާނެގޮތަށް ފިޔަވަޅުތައްއަޅާފައެވެ. އެ ސަރަޙައްދުގައި ދިރިއުޅޭ މީހުން ބުނެފައިވަނީ އެ އިމާރާތްތައް ވައްޓާލުމުގެ ސަބަބުން އެމީހުންނަށް އެއްވެސް އުނދަގުލެއްނުވާކަމަށާ މިކަން ކުރި ފަރާތްތަކަށް ތަޢުރީފު ޙައްޤުކަމަށެވެ.
އިންޑިއާގެ ސުޕްރީމް ކޯޓުންވަނީ އައްސޭރި ފަށުގެ ރަށެއް ކަމަށްވާ ކޯޗީގައި އަޅާފައިވާ 4 އިމާރާތަކީ އެފަދަ ސަރަޙައްދުތަކުގައި އަޅާ އިމާރާތްތަކުގެ ޤަވައިދާ ޚިލާފަށް އަޅާފައިހުރި އިމާރާތްތަކެއް ގޮތުގައި ކަނޑައަޅާ އެ އިމާރާތްތައް ތަޅާލުމަށް އަމުރުކޮށްފައެވެ.
އިންޑިއާގައި ގެދޮރުގެ ދަތިކަން ބޮޑުވެފައިވާތީ އެ ޤައުމުގެ އިމާރާތްކުރާ ކުންފުނިތަކުން ދަނީ ޤަވާއިދާ ޚިލާފަށް އަގުހެޔޮ އެއްޗެހި ބޭނުންކޮށްގެން އިމާރާތްތައް އަޅަމުންނެވެ.