ކުޅިވަރު

އެމްޕީއެލް އާއި އީ ކޮންސެޕްޓް ބީޖީ ފުޓްސަލް ޗެލެންޖްގެ ފައިނަލަށް


ބީޖީ ފުޓްސަލް ޗެލެންޖްގެ
ފައިނަލުން އެމްޕީއެލް އަދި އީ ކޮންސެޕްޓް ޖާގަ ހޯދައިފިއެވެ. މުބާރާތުގެ ފައިނަލުން އެމްޕީއެލް ޖާގަ ހޯދީ މިއަދު ހަވީރު ކުޅުނު ފުރަތަމަ ސެމީ ފައިނަލްގައި  އަލްޓްރާ އަށެއް ދޭއްގެ ނާތީޖާއަކުން ބަލިކޮށްގެންނެވެ.

މި މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އެމްޕީއެލްގެ އަލީ
މާއިޝްއެވެ. މިއަދު ކުޅުނު ސެމީ ފައިނަލް ދެވަނަ މެޗް ކާމިޔާބުކޮށް އީ ކޮންސެޕްޓް
ފައިނަލުން ޖާގަ ހޯދީ ޔުނައިޓެޑް ބީއެލްއާއި ވާދަކޮށް ކުރި ހޯދައިގެންނެވެ. ފޯރިގަދަ ކުޅުމެއް ފެނުނު
މި މެޗް އީ ކޮންސެޕްޓް ކާމިޔާބުކުރީ ހަ ލަނޑު ފަސް ލަނޑުންނެވެ. މި މެޗްގެ މޮޅު
ކުޅުންތެރިޔާގެ މަގާމް ހޯދީ އީކޮންސެޕްޓްގެ ޔަސްފާދު ހަބީބެވެ.

އެމްޕީއެލް އާއި އީކޮންސެޕްޓް ވާދަކުރާ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ
ބުދަދުވަހުގެ ހަވީރު ހަތަރުގަޑި ތިރީހުގައި ބީޖީ ފުޓްސެލް ދަނޑުގައެވެ.