ވިޔަފާރި

39 އަހަރަށްފަހު މޫސާ ސާލިހް އެމްއޭސީއެލްއިން ރިޓަޔާކުރައްވައިފި


މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ ހިންގެވުމާ ޙަވާލުވެ ހުންނެވި އެކުންފުނީގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރު މޫސާ ސާލިހް އެމްއޭސީއެލްއިން ރިޓަޔާކުރައްވައިފިއެވެ.

މޫސާ ސާލިހު އެމްއޭސީއެލްއިން ރިޓަޔާ ކުރައްވާފައި މިވަނީ، އެކުންފުންޏަށް 39 އަހަރަށްވުރެ ގިނަ ދުވަހު އަގުހުރި މަސައްކަތްތަކެއް ކޮށްދެއްވުމަށްފަހުއެވެ.

2018 ވަނަ އަހަރު އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުން އާދިލް މޫސާ އިސްތިއުފާދެއްވިފަހުން އެމްއޭސީއެލް ހިންގެވުމާ ހަވާލުވެ ހުންނެވީ މޫސާ ސާލިހުއެވެ.

އެމްއޭސީއެލްއިން މޫސާ ސާލިހު ރިޓަޔާކުރައްވާފައިވާއިރު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިން ޑިރެކްޓަރު ކަމަށް އިނގިރޭސިވިލާތުގެ ބޭފުޅެއްކަމަށްވާ ގޯޑަން އެންޑްރޫ ސްޓީވާޓް ވަނީ މިދިޔަ ޖޫންމަހުގެ 28 ވަނަ ދުވަހު ހަމަޖައްސާފައެވެ.