ކުޅިވަރު

ޗެންޕިއަންސް އޮފް ޗެންޕިއަންގެ ޗެންޕިއަންކަން އާންއާއި ހަމްނާއަށް


ޗެމްޕިއަން އޮފް ޗެމްޕިއަންގެ ޗެންޕިއަންކަން މުޙައްމަދު އާން ހުސެއިނާއި ހަމްނާ އަހުމަދު ހޯދައިފިއެވެ. މިމުބާރާތަކީ ރާއްޖޭގެ އެންމެ މޮޅު ފެތުންތެރިންގެ މެދުގައި ކުރިއަށްދިޔަ މުބާރާތެކެވެ. މިމުބާރާތުގައި ބައިވެރިވާން ދައުވަތު ދީފައިވަނީ 2019ވަނަ އަހަރު މޯލްޑިވްސް ސްވިމިން އެސޯސިއޭޝަނުން ކުރިއަށްގެންދިޔަ މުބާރާތްތަކުގައި ވާދަކޮށްފައިވާ ފެތުންތެރިންގެ ތެރެއިން އެންމެ މޮޅެތި ފެތުންތެރިންނެވެ.

މިމުބާރާތުގެ ގިނަ އިވެންޓްތައް ކާމިޔާބުކޮށްފައިވަނީ އާން އާއި ހަމްނާއެވެ. އާންވަނީ މިމުބާރާތުގައި 14 ރެން މެޑަލާއި 1 ރިހިމެޑަލް ހޯދާފައެވެ. އާން ރަން މެޑަލް ހޯދީ 400 މީޓަރު އިންޑިވިޖުއަލް މެޑްލީ، 100 އާއި 200 މީޓަރު ބެކްސްޓްރޯކް، 100 މީޓަރު ބްރެސްޓްސްޓްރޯކް، 100 މީޓަރު ބަޓަފްލައި، 50 މީޓަރު ބެކްސްޓްރޯކް، 200 މީޓަރު ފްރީ ސްޓައިލް، 50 މީޓަރު ބްރެސްޓްސްޓްރޯކް، 400 މީޓަރު ފްރީ ސްޓައިލް، 100 އާއި 200 މީޓަރު އިންޑިވިޖުއަލް މެޑްލީ، 50 މީޓަރު ބަޓަފްލައި އަދި 50 އާއި 100 މީޓަރު ފްރީ ސްޓައިލްއެވެ. އަދި އާންއަށް ރިހި މެޑަލް ލިބުނީ 200 މީޓަރު ބަޓަފްލައިންނެވެ.

މިމުބާރާތުގައި ހަމްނާ ވަނީ 12 އިވެންޓުން ރަން މެޑަލް ހޯދާފައެވެ. ހަމްނާ ރަން މެޑަލް ހޯދީ 100 އާއި 200 މީޓަރު ބެކްސްޓްރޯކް، 100 މީޓަރާއި 50 މީޓަރު ބްރެސްޓްސްޓްރޯކް، 50 މީޓަރު ބެކްސްޓްރޯކް، 200 މީޓަރު ފްރީސްޓައިލް، 400 މީޓަރު ފްރީސްޓައިލް، 100 އާއި 200 މީޓަރު އިންޑިވިޖުއަލް މެޑްލީ، 50 މީޓަރު ބަޓަފްލައި އަދި 100 އާއި 50 މީޓަރު ފްރީ ސްޓައިލްއިންނެވެ. 100 މީޓަރު ބަޓަފްލައި އިވެންޓުން ހަމްނާވަނީ ޑިސްކޮލިފައިވެފައެވެ.

ވޯލްޑް ޗެންޕިއަންޝިޕްގައި ވާދަކުރާ 4 ފެތުންތެރިންގެ ތެރެއިން އާން އާއި ހަމްނާއަކީ މިމުބާރާތުގައި ދެ ފެތުންތެރިންނެވެ. މިމުބާރާތް ކުރިއަށްދާނީ ޑިސެންބަރު މަހުގައި ޔޫއޭއީގައެވެ.

ސްވިމިންގެ އެސޯސިއޭޝަންއިން ބުނީ ޗެންޕިއަންސް އޮފް ޗެންޕިއަންސް މުބާރާތަކީ އެސޯސިއޭޝަނުން ބާއްވާ އެންމެ ޝަރަފްވެރި މުބާރާތައް ހަދަން ބޭނުންވާކަމަށާއި މިއަންނަ އަހަރުން ފެށިގެން މިމުބާރާތައް ބަދަލްތަކެއް ގެނައުމަށް ވިސްނަމުންދާކަމަށެވެ. އަދި ސަރައްޙައްދުގެ ޗެންޕިއަނުންނާއެކުވެސް މިމުބާރާތް ކުރިއަށް ގެންދިއުމަށް ވިސްނަމުންދާކަމަށް އެސޯސިއޭޝަނުން މަޢުލުމާތުދީފައިވެއެވެ.