ޚަބަރު

ވިއްސާރަވުމުގެ ސަބަބުން ކްލަބް މޯލްޑިވްސްގެ ކުއަޓަރ ފައިނަލް މެޗްތައް ފަސްކޮށްފި


ވިއްސާރަވުމުގެ ސަބަބުން މިރޭ ކުޅުމަށް ހަމަޖެހިފައިވާ ކުލަބް މޯލްޑިވްސް ކަޕްގެ ކުއަޓަރ ފައިނަލްގެ މެޗްތަށް މާދަމާ ރެއަށް ފަސްކޮށްފިއެވެ. އެގޮތުން މިރޭ ކުޅުމަށް ހަމަޖެހިފައިވަނީ ކުއަޓަރ ފައިނަލްގެ ދެ މެޗްއެވެ. ފުރަތަމަ މެޗްގައި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ޕްރިޒަން ކުލަބް އާއި އެމްއޭސީއެލްއެވެ. ކުއަޓަރ ފައިނަލް ދެވަނަ މެޗްގައި ބައްދަލުކުރުމަށް ހަމަޖެހިފައިއޮތީ ކުލަބް އެޗްޑީސީ އާއި ފިއުލް ސޕްލައި މޯލްޑިވްސްއެވެ.

ވިއްސާރަވުމުގެ ސަބަބުން މިރޭ ކުޅުމަށް ހަމަޖެހިފައިވާ ކުއަޓަރ ފައިނަލްގެ ދެ މެޗް މާދަމާ ރެއަށް ފަސްކޮށްފައިވާއިރު، މާދަމާ ކުޅުމަށް ހަމަޖެހިފައިވާ ކުއަޓަރ ފައިނަލްގެ ތިންވަނަ މެޗް އާއި ދެވަނަ މެޗް މިހާރު ކުޅޭނީ އަންނަ ހޯމަ ދުވަހުއެވެ. މިއަންނަ ހޯމަ ދުވަހު ކުޅޭ ކުއަޓަރ ފައިނަލްގެ ތިންވަނަ މެޗްގައި ބައްދަލުކުރާނީ އެމްޕީއެލް އާއި އާރްއާރްސީއެވެ. އަދި ކުއަޓަރ ފައިނަލްގެ ހަތަރުވަނަ މެޗްގައި ބައްދަލުކުރާނީ އެސްޓީއޯ އާއި ޓީމު ފެނަކައެވެ.

ސަރުކާރު އޮފީސް، ކުންފުނިތަކަށް ހާއްސަކޮށްގެން ކުރިއަށްގެންދާ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަން ޔުނައިޓަޑް ބީއެމްއެލް ވަނީ މުބާރާތުގެ ގުރޫޕް ސްޓޭޖުން ކަޓާފައެވެ. އަދި ފައިނަލްގައި ކުޅުނު ވެމްކޯ ވަނީ ދެވަނަ ބުރުގައި ޓީމް އެފްއެސްއެމް އަތުން ބަލިވެ، މުބާރާތުން ކަޓާފައެވެ. ވެމްކޯއަކީ މިފަހަރުގެ މުބާރާތަށް އެންމެ ވަރުގަދަކޮށް ތައްޔާރުވި އެއް ޓީމްއެވެ.

18/30 ވިމެން ފުޓްސަލް ފިއެސްޓާގެ ސެމީ ފައިނަލްގައި އަންގާރަ ދުވަހުގެރޭ ދިވެހި ސިފައިންގެ ކްލަބް ކުޅޭނީ ވެމްކޯއާއި ދެކޮޅަށެވެ. އަދި އެންމެ ފަހުގެ ޗެމްޕިއަން އެމްޕީއެލް ނިކުންނާނީ ޕޮލިހާއި ދެކޮޅަށެވެ.