ކުޅިވަރު

ޓީ20 ކްރިކެޓް ޗެމްޕިއަންޝިޕްގެ ފައިނަލަށް މާލޭ ވެޓްރަންސް އާއި މާލޭ ސްޕޯރޓްސް


ޓީ20 ކްރިކެޓް ޕްރިމިއަރ ޗެމްޕިއަންޝިޕްގެ ފައިނަލުން މާލޭ ވެޓްރަންސް އާއި މާލޭ ސްޕޯރޓްސް ކްލަބް ޖާގަހޯދައިފިއެވެ. މިމުބާރާތުގެ ފުރަތަމަ ސެމީ ފައިނަލް މެޗްގައި ވާދަކޮށްފައިވަނީ މާލޭ ވެޓްރަންސް އާއި ވިޔަންސާއެވެ. މިމެޗް 55 ލަނޑުން ކާމިޔާބުކޮށްފައިވަނީ މާލޭ ވެޓްރަންސްއެވެ.

މި މެޗުގެ ޓޮސް ދިވާމުވުމުން ވިޔަންސާ ގަސްތުކުރީ ހޮވުމަށެވެ. މާލޭ ވެޓްރަންސް ކުޅެން އަރާ 20 އޯވަރުގެތެރޭ 6 ކުޅުންތެރިން ނުބައިވެގެން 178 ލަނޑު ހެދިއެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 64 ބޯޅައިން 91 ލަނޑު ޖެހި އަސްކަރު ހުސެއިންއެވެ. ޖަވާބުގައި ވިޔަންސާ ކުޅެންއަރާ 19 ވަނަ އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ވިޔަންސާއަށް ހެދުނީ 122 ލަނޑެވެ. ވިޔަންސާއަށް އެންމެ ރަނގަޅަށް ކުޅުނީ 30 ލަނޑު ހެދި ސުޖަން އާއި 29 ލަނޑު ހެދި ތަރިއްދުއެވެ.

މިމުބާރާތުގެ ސެމީ ފައިނަލް ދެވަނަ މެޗުގައި ވާދަކޮށްފައިވަނީ މިލާން އާއި މާލޭ ސްޕޯރޓްސްއެވެ. މިމެޗް 4 ވިކެޓުން ކާމިޔާބުކުރީ މާލޭ ސްޕޯޓްސްއެވެ. މިލާން ކްރިކެޓް އެކަޑެމީއާ ވާދަކޮށް ބާކީ 10 ބޯޅަ އުކަން އޮއްވައި މި މެޗު 4 ވިކެޓުން ކާމިޔާބުކުރީ މާލޭ ވެޓްރަންސްއެވެ. މި މެޗުގެ ފުރަތަމަ ކުޅެން އެރީ މިލާން ކްރިކެޓް އެކަޑެމީއެވެ. އެޓީމު ކުޅެން އަރާ 20 އޯވަރުގެ ތެރޭގަ 7 ކުޅުންތެރިން ނުބައިވެގެން 126 ލަނޑު ހެދިއެވެ. މި އިނިންގްސްގައި އެންމެ ރަނގަޅަށް ކުޅުނީ 46 ލަނޑު ހެދި ޔޫސުފް އަޒްޔާންއެވެ. ޖަވާބުގައި މާލޭ ސްޕޯޓްސްއިން ކުޅެން އަރާ ބާކީ 6 ބޯޅަ އޮއްވައި 6 ކުޅުންތެރިން ނުބައިވެގެން 127 ލަނޑު ހަދާ މެޗު ކާމިޔާބުކުރިއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ މެޗްގައި 76 ލަނޑު ހެދި މާލޭ ސްޕޯޓްސްގެ ފާއިޒެވެ.

މިމުބާރާތުގައި ފައިނަލްގައި މާލޭ ވެޓްރަންސްއާ މާލޭ ސްޕޯޓްސް ވާދަކުރާއިރު، ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 22 ވަނަ ދުވަހުއެވެ.